މޫސުން ގޯސްވެ ރާއްޖޭގެ ބޮޑުބަޔަކަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓުން މި ހުދު ސަމާލު ނެރެފައިވަނީ އިން ނ .އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމަޔަށެވެ.

އަދި މި ހުދު ސަމާލު ނެރެފައި ވަނީ މިއަދުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

މީގެއިތުރުން މެޓުން ވިދާޅުވީ މި ހުދު ސަމާލުގެ ސަބަބުން ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށެވެ. ހަމައެއާއކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމާށްވެސް މެޓުން ލަފާކުރައްވައެވެ.

އަދި އުތުރާއި މެދު ރާއްޖެތެރޭ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނޭ ކަމާށްވެސް އެ އިދާރައިން ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބު ތަކަށް މޫސުން ގޯސްވެ ވިއްސާރަކުރާ ދުވަސްވަރެކެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދު ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.