ގދ. ފަރެސްމާތޮޑާގައި ކުރިއަށް ގެންދިޔަ ކެއްކުމުގެ ހުނަރު ދަސްކޮށްދިނުުމުގެ ޕްރޮގްރާމް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު 4:30 ގައި ހުވަދޫ ސްކޫލު ހޯލުގައެވެ. އަދި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ފަރެސްމާތޮޑާގެ ކައުންސިލް ޒިންމާދާރު އިސްވެރިޔާ އަޝްރަފް ރަޝީދެވެ. އަދި އެ ރަށު ކައުންސިލްގެ އިސްވެރިންނާއި އެ ރަށު އ.ތ.މ. ކޮމެޓީގެ ބޭފުޅުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
މީގެއިތުރުން މި ޕްރޮގްރާމްގެ ބައިވެެރިންގެ އިތުރުން ހުވަދޫ ސްކޫލުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށްވެސް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ. އަދި ދެ ދުވަހަކަށް މި ޕްރޮގްރާމް ކުރިއަށްގެންގޮސް ބައިވެރިވި 14 ދަރިވަރިވަރަކަށް ވަނީ ސެޓްފިކެޓްވެސް ދީފައެވެ.
މިއީ އެ ރަށު އ.ތ.މ. ކޮމެޓީން އިލްތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އަދި މިއީ އެ ކޮމެޓީގެ ފަސް އަހަރުގެ ޕްލޭންގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.
މި ޕްރޮގްރާމަކީ ''ކޮންމެ މީހަކީ ކޮންމެވެސް ހުނަރެއްގެ ވެރިއެއް''ގެ ޕްރޮގްރާމްގެ ދަށުން އައްޑޫ ވިމެންސް އެސޯސިއޭޝަނާއި ވިމެންސް އާރޓްސް އެންޑް ކްރާފްޓް އެސޯސިއޭޝަނާއި ގުޅިގެން ހިންގާ ހަފްތާ ޕްރޮގްރާމްތަކުގެ ތެރެއިގައި ހިމޭނޭ ޕްރޮގްރާމެކެވެ.
ޖުމުލަ 35 ބައިވެރިންނާއެކު ފެށައިފައިވާ މި ޕްރޮގްރާމްގެ މަގްސަދަކީ މުޖުތަމައުގައި އަންހެނުން ބާރުވެރި ކުރުމަށާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމެވެ.
މި ޕްރޮގްރާމްގައި ކިޔަވައިދެވީ ކެއްކުމުގެ ތަޖުރިބާކާރެއް ކަމަށްވާ މަޝްހޫރު ޖުވޭއިރިޔާ ވަޖުދީ(ޖުވޭ) އެވެ. އަދި ބައިވެެރިންގެ ފަރާތުން ޖުވާއަށް ވަނީ ހާއްސަ ހަދިޔާއެއްވެސް ދީފައެވެ.
މިއީ މިފަދަ ޕްރޮގްރާމެއް ފަރެސްމާތޮޑާގައި ހިންގި ފުރަތަމަ ފަހަރެވެ.