ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި އިންޑިއާގެ ސަފީރު މުނޫ މަހާވަރް މިއަދު ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުންވުން އޮތީ އެމްއެންޑީއެފްގެ އިންޓަގްރޭޓެޑް ހެޑްކުއާޓާގައެވެ. އިންޑިއާ އެމްބަސީގެ ޑިފެންސް އެޑްވައިޒަރު ކެޕްޓަން ޑީޕަކް ބާލީ ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
އަބްދުއްރަހީމް މި ބައްދަލުވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިހާރު އިންޑިއާއާއެކު ހިނގަމުންދާ ޑިފެންސް ކޯޕަރޭޝަން ހަރަކާތްތައް ރިވިއު ކޮށްފައިވާނެ ކަމަށެވެ. އަދި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ އަސްކަރީ އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ. މީގެއިތުރުން ސަލާމަތީ ކަންކަމުގައި އިންޑިއާގެ އެންބާރުލުން ދިނުމާއި މެދުވެސް މަޝްވަރާ ކުރެއްވި ކަމަށް ވިދަލުވެފައިވެއެވެ.