އެސްޓީއޯއިން ހުޅުމާލޭގައި ހަދާފައިވާ ހޮޓާ ހިންގަން އިތުރު ބަޔަކު ޝައުޤުވެރިވޭތޯ ބެލުމަށް އަނެއްކާވެސް ހުޅުވާލައިފިއެވެ. އެސްޓީއޯއިން ހުޅުމާލޭގައި ހަދާފައިވާ ހޮޓާ ހިންގާނެ ބަޔަކު ވޭތޯ ބެލުމަށް އެޗްޑީސީން އިޢުލާންކޮށްފައި މިވަނީ މި ހޮޓާ ހިންގަން ބަޔަކު ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ ހުރިހާ ފަރާތަކަށް ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެޗްޑީސީގެ އިއުލާނުގައި ވަނީ މި ހޮޓާ ހިންގަން އެއްވެސް ފަރާތަކުން ޝައުޤުވެރިވާނަމަ އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށައެޅުމަށް ހުޅުވާލާފައެވެ. ޝައުޤުވެރިކަން ފާޅުކުރުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 9 ވަނަ ދުވަހުގެ ހަވީރު 15:30 އެވެ.އެސްޓީއޯއިން ހުޅުމާލޭގައި ހަދާފައިވާ ހޮޓާލަކީ 5 ތަރީގެ ހޮޓަލެކެވެ. މިތަން ހުންނަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ.