ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރައްވާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މި ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު ހަވީރު 17:00 ހަަމައަށެވެ.

މި ހުދު ސަމާލުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަ ވާނޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އަދި މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓުން ލަފާކުރައްވައެވެ.

ހަމައެއާއެކު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 7 ފޫޓާއި 4 ފޫޓާ ދެމެދު ކަމަށާއި ދެކުނުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 3 ފޫޓުގައި ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.