މޫސުން ގޯސްވާނޭ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނަށް އޮރަންޖް އިންޒާރު މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މެޓުން މި އިންޒާރު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީން ފެށިގެން އައްޑޫ ސިޓީއާ ހަަމައަށެވެ.

އަދި އެ ސަރަހައްދު ތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނޭ ކަމަށް މެޓުން ވަނީ ބުނެފައެވެ. މި އިންޒާރުގެ މުއްދަތު ހަމަވަނީ މިއަދު މެންދުރު 15:20 އަށެވެ.

މީގެއިތުރުން މޫސުން ގޯސްވާނެ ކަމަށް ލަފާކުރައްވާ އެއިދާރާއިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ހުދު އަދި ރީނދޫ ސަމާލު ނެރެފައެވެ. އެގޮތުން އެންމެ ފަހުން ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ.

އަދި މި ސަމާލުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ކަނޑުތައް ވަރަށް ގަދަވާނޭ ކަމަށް މެޓުން ވަނީ ލަފާ ކުރައްވާފައެވެ.

ހަމައެއާއެކު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 7 ފޫޓާއި 4 ފޫޓާ ދެމެދު ކަމަށާއި ދެކުނުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 6 ފޫޓާއި 3 ފޫޓުގައި ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.