ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާތަކަށް ޚާއްޞަކޮށްގެން މީޑިއާ ވިލެޖެއް ހުޅުމާލޭގައި ގާއިމުކުރުމަށް ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، މީޑިޔާ ވިލެޖުގެ ނަމުގައި ހުޅުމާލޭގައި މިފަދަ ތަނެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އަދި މީޑިއާ ވިލެޖްގެ އިމާރާތް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަޢުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ނުވަތަ ސަރުކާރުގެ އެހެން ކުންފުންޏަކާ ހަވާލުކޮށްގެން އެކަން ކުރެވޭނެގޮތް ބެލުމަށާއި އަދި އެގޮތަށް އެކަން ނުކުރެވޭނަމަ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްގެ ދަށުން މި އިމާރާތް އެޅުމަށް ގޮތެއް ހޯދުމަށްވެސް އިއްޔެ ވަޒީރުންގެ މަޖިލީހުގައި ނިންމެވިއެވެ.