145 ޓްރަކުގެ އެހީގެ ތަކެތި ޣައްޒާއަށް އެތެރެ ވެއްޖެ ކަމަށް އދ ގެ ހިއުމެނެޓޭރިއަން އެފެއާރސް ކޯޑިނޭޝަން އޮފީހުން ބުނެފިއެވެ.

އދ އިން ރިޕޯޓުކޮށްފައިވާ ގޮތުން 145 ޓްރަކުގެ އެހީގެ ތަކެތި ޣައްޒާއަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެތެރެވެފައެވެ. މިގޮތުން ބޭހާއި ފެން، އަދި ކާބޯތަކެތި ޣައްޒާގެ އުތުރަށް ރަފާހު އަދި ކަރީމް ޝެލަމް ބޯޑާރ މެދުވެރިކޮށް ވަނީ އެތެރެ ވެފައެވެ. ފަލަސްތީނުން މައުލޫމާތުދޭ ގޮތުގައި ޣައްޒާއަށް ދުވާލަކު 1000 ޓްރަކުގެ އެހީ ބޭނުން ވެއެވެ.

އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއް ނެތި ހަަމަލާދެމުންދާއިރު އެމީހުން ވަނީ ޣައްޒާގެ ރައްޔިތުން ކާބޯތަކެތި އަދި ބޭސްފަރުވާއިން ވެސް މަހްރޫމް ކޮށްފައެވެ. ބޭސްފަރުވަ ނުލިބުމުގެ ސަބަބުން ޣައްޒާގައި މިހަރު 9000 އަށް ވުރެ ގިނަ މީޙުން ވަނީ ޝަހީދު ވެފައެވެ. އަދި އިޒްރޭލުންގެ ހަމަލާތަކުގައި 23،000 އަށް ވުރެގިން މިހުން ވަނީ ޝަހީދުވެފައެވެ.