ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބްރޭންޑެއްގެ ގޮތުގައި މިދިޔަ ސަރުކާރުން ތައާރަފްކުރި 'އާބަންކޯ' ބްރޭންޑިންގެ ބަދަލުގައި އަލުން އެޗްޑީސީގެ ނަން ބޭނުންކުރަން ނިންމައިފިއެވެ.

އާބަންކޯގެ ނަން އަލުން އެޗްޑީސީގެ ނަން ބޭނުންކުރަން ނިންމައި އެ މަސައްކަތް މިހާރު ފަށާފައިވާއިރު އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް އެޗްޑީސީގެ ނަން ބޭނުން ކުރަން ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.

”އާބަންކޯ“ އަށް އެޗްޑީސީ ރިބޭންޑްކުރީ އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރުގެ އެޕްރީލް 1 ވަނަ ދުވަހުގައެވެ. އަދި ކުންފުނި ރިބްރޭންޑްކުރަން ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ކުންފުނީގެ ބްރޭންޑް "އަރބަންކޯ" ލޯންޗް ކޮށްފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ވިލަރެސްކޮށް، ރާއްޖޭގެ އެންމެ ބޮޑު އާރބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަގަބު ހޯދައި މަސައްކަތްތައް ބަށްޓަން ކުރުމަށް ކަމަށް އެކުންފުނިން މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

އާބަންކޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ މުހައްމަދު ފަޒުލް ރަޝީދެވެ.