ގއ. އަތޮޅު ވިލިނގިލީ ހޮސްޕިޓަލުގެ ނަން ބޯޑުގެ މަތީގައި "ހެލްތް ޕޯސްޓް" ޖަހައި އިހްތިޖާޖު ކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މެންދުރު އާއްމުން ނުކުމެ އެ ހޮސްޕިޓަލްގެ ނަން ބަދަލުކޮށް އިހްތިޖާޖު ކުރަން ފަށާފައިވަނީ، ހޮސްޕިޓަލަށް ރޭ ގެންދެވުނު ބަލި މީހަކު، އިތުރު ފަރުވާއަށް މާލެ ފޮނުވުން ލަސްވާތީއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ބަލި މީހާ މާލެ ގެނައުމަށް މިނިސްޓްރީގެ ފަރާތުން ނިންމަންޖެހޭ އެންމެހައި ކަމެއްނިމި، އާސަންދައިގެ ކަންކަންވެސް ވަނޫީ ނިމިފައެވެ.

ނަމަވެސް މިމީހާ މާލެ ގެނައުން ލަސްވަނީ، ފްލައިޓެއް ޗާޓާރ ކޮށްގެން ގެންނަންޖެހޭއިރު، އެ ފްލައިޓް އެ ރަށަށް ދިޔުން ލަސްވާތީ ކަމަށްވެއެވެ.

އައިލެންޑް އޭވިއޭޝަނުން، ބަލި މީހާ ބަލައި، އައިލެންޑް އޭވިއޭޝަންގެ ފްލައިޓެއް މިއަދުގެ ވަގުތެއްގައި ދާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.