އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، މިއަދު ބައްދަލު ކުރައްވައިފިއެވެ.

ޖައިޝަންކަރާއި މިނިސްޓަރ ޒަމީރު ބައްދަލުކުރެއްވީ ޔޫގަންޑާގެ ކަމްޕާލާގައި މިހާރު ކުރިއަށް ގެންދާ ނޮން އެލައިންޑް މޫވްމަންޓް (ނޭމް) ގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިންނެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ނާޒުކު ވެފައިވަނިކޮށް ބޭއްވި ބައްދަލުވުމުގައި ދެގައުމުގެ ގުޅުމާއި ބެހޭގޮތުުން މަޝްވަރާ ކޮށްފައިވެއެވެ.

މިގޮތުން މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާތަށް ކޮށްފައިވާ ކަމަށެވެ. އަދި އިންޑިއާއާއި ގުޅިގެން ރާއްޖޭގައި މިހާރު ކުރިއަަށްދާ މަޝްރޫއު ތަކާއި ގުޅޭގޮތުން ވެސް އެ ދެ ބޭފުޅުން މަޝްވަރާކޮށފައިވާ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް މުސްތަގުބަލުގައި ރާއްޖެއާއި އިންޑީއާ ދެމދު އޮތް ގުޅުން ފުޅާވެގެން ދާނެ ކަމަށް އުއްމީދު ކުރާކަމަށް މިނިސްޓާރ ޒަމީރު އެކްސަގައި ވިދާޅުވިއެވެ.