ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ނޭޕާލްގެ ފޮރިން މިނިސްޓަރ ނަރާޔަން ޕްރްކާޝް ސައުުދާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ދެ ބޭފުޅުން ބައްދަލުކުރެއްވީ ޔޫގަންޑާގެ ކަމްޕާލާގައި މިހާރު ކުރިއަށް ގެންދާ ނޮން އެލައިންޑް މޫވްމަންޓް (ނޭމް) ގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ޔޫގާންޑާގައި ބޭއްވި އެ ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި ދެ ގައުމުގު ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކޮށް، އެއްބާރުލުން ދިނުމުގެ ފުރުސަތުތައް ހޯދައި، އަޅުގަނޑުމެންގެ ޤައުމުތަކުގެ މެދުގައި އޮތް ސަގާފީ ގުޅުންތައް ވަރުގަދަކުރިން" މިނިސްޓަރ ޒަމީރު އެކްސްގައި ވިދާޅުވޮއެވެ.

ޔޫގަނޑާއަށް މިނިސްޓަރ ޒަމީރު ކުރެއްވި ދަތުރުގައި އެމަނިކުފާނު ވަނީ ގިނަ ގައުމުތަކެއްގެ އިސް ވެރިންނާއި ވަނީ ބައްދަލުކޮށް، ރާއްޖެއާއި ދުނިޔޭގެ އެކި ގައުމުތަކާއި އޮތް ގުޅުން އިތުރަށް ވަރުގަދަ ކޮށްދެއްވާފައެވެ.