އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ އިންތިހާބުގައި ވައިޓް ހައުސްގެ އިތުރު ދައުރަކަށް އަލުން އިންތިޚާބުވެއްޖެނަމަ ތިންވަނަ ބޮޑު ހަނގުރާމައެއް ހުއްޓުވޭނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

' އަހަރެން ތިންވަނަ ބޮޑު ހަނގުރާމަ ހުއްޓުވާނަން،' ޓްރަމްޕް ވިދާޅުވި އެވެ. ޓްރަންޕް މިހެން ވިދާޅުވެފައިވަނީ ޖެނުއަރީ 23 ވަނަ ދުވަހު ރިޕަބްލިކަން ޕާޓީގެ ފުރަތަމަ ޕްރައިމަރީ ބާއްވާ ނިއުހެމަސްފިއާގެބެލްވެދަރ ސްޓޭޓްގައި ސަޕޯޓަރުންނާ މުޚާޠަބު ކުރައްވަމުންނެވެ.

މީގެއިތުރުން ރަޝިޔާއާ ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ބިރުވެރި ކޯޅުން ހައްލުކުރެވޭނެ ކަމަށް ވެސް ޓްރަންޕް ވަނީ ވިދާޅުވެފައެވެ. އަދި ޔޫކްރޭން އާއި އެކު 2022 ވަނަ އަހަރުގެ ކުރީކޮޅު އެމެރިކާގެ ރައީސްކަމަށް ޓްރަންޕް ހުންނެވިނަމަ މިކަހަލަ ހަނގުރާމައެއް ނުވެސް ފެށޭނެ ކަމަށް ޓްރަންޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުގައި އެމެރިކާގައި ރައީސެއްގެ ގޮތުގައި މިވަގުތު ބަލިކަށި މީހަކު ހުރުމުން ޔޫކްރޭންގެ ހަމަނުޖެހުންތަކުން ސަލާމަތްވުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. މީގެ ކުރިން ޓްރަމްޕް ވަނީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން އަކީ އެމެރިކާގެ ތާރީހުގައި ވެސް އެންމެ ނުބައި ރައީސް ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ 60 ވަނަ ރިޔާސީ އިންތިހާބު އޮންނާނީ ނޮވެމްބަރު 5، 2024 ވާ އަންގާރަ ދުވަހު އެވެ.