ހަންގޭރިއަން ފޮރިން މިނިސްޓަރު ޕީޓާ ޒިޖާޓޯއަށް ގޮތް ނޭނގޭ ބަޔަކު މަރުގެ އިޒްރާރުތަކެއް ދޭން ފަށައިފިއެވެ.
ބްރަސެލްސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒިޖާޓޯ ވިދާޅުވީ ޔޫކްރޭންގެ ގޮތް ނޭނގޭ ބައެއްގެ ފަރާތުން މަރުގެ އިންޒާރުތައް އައީ ކިއެވްގައި ހުންނަ ހަންގޭރިއަން އެމްބަސީ މެދުވެރިކޮށް ކަމަށެވެ. ޒިޖާޓޯ ވިދާޅުވީ މި އިންޒާރުތަކަކީ އަންނަ ހޯމަ ދުވަހު ޔޫކްރޭންގެ ފޮރިން މިނިސްޓަރ ޑިމިޓްރީ ކުލެބާއާއި އެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ހިޔަނި އަޅައި އެކަން ހުއްޓުވުމުގެ ސާފު މަގުސަދުގައި ލިބެމުންދާ އިންޒާރުތަކެއް ކަމަށެވެ.
މި ބައްދަލުވުން ހުއްޓުވުމުގެ މަގްސަދުގައި މިފަދަ އިންޒާރުތަކެއް ލިބެމުން ދިޔަ ކަމުގައި ވިޔަސް އޭނާ ވަނީ ޖެހިލުމެއްނެތި ބައްދަލުވުމާއިގެން ކުރިއަށްދާން ނިންމާވާފައެވެ. އަދި ޒިޖާޓޯ ވިދާޅުވީ އަންނަ ހޯމަ ދުވަހު އޮންނަ ބައްދަލުވުމުގައި ސެކިއުރެޓީ ކުރިއަށް ވުރެ ވަރުގަދަ ވާނެ ކަމަށެވެ.
އަންނަ ހަފުތާ ހޯމަދުވަހު ކުލެބާއާއި ޒިޖާޓޯގެ ބައްދަލުވުމުގައި ޔޫކްރޭންގެ ރައީސް އޮފީހުގެ ވެރިޔާ އަންޑްރޭ ޔެރްމާކް ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.