އިސްލާމީ ގައުމުތަކުން އިޒްރޭލާ ގުޅުން ކަނޑާލުމަށް އިރާނުގެ ގޮވާލަ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ގޮވާލައްވައިފިއެވެ.

ޚާމަނާއީ ވިދާޅުވީ އިސްލާމީ ގައުމުތަކުން އިޒްރޭލުގެ ޒަޔަނިސްޓު ސަރުކާރާ އެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އިޒްރޭލަށް އެހީތެރި ވުމުގެ ބަދަލުގައި އެމީހުންނާއި އެކު އޮތް އިގްތިިސާދީ އަދި ސިޔާސީ ހުރިހާ ގުޅުމެއް ކަނޑާލަން ޖެހޭ ކަމަށެވެ.

"އިސްލާމީ ގައުމުތަކުން ހަނގުރާމަ ހުއްްޓާލުމަށް ގޮވާލައި ބަޔާން ނެރުމުގެ ބަދަލުގައި އިޒްރޭލާ އޮތް ގުޅުން ކަނޑާލައި ޒަޔަނިސްޓުންނާއި ދެކޮޅު ހެދުމަށް އިސްލާމީ ގައުމުތަކުން ކުރެން އޮތް ހުރިހާ ކުރަން ޖެހޭ" އޭނާ ވިދާާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 25،490 އަށް ވަނީ އަރައިފައެވެ. ޒަޚަމްވި މީހުންގެ އަދަދަކީ 63،354 މީހުންނެވެ.