މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރެއްވުމަށް، ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވިކަން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.

ޓްރަންޕް ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފައި ވަނީ އދ.ގައި ހުންނަވާ އެމެރިކާގެ ކުރީގެ ސަފީރު އަދި ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ނިކީ ހޭލީއާ ވާދަކޮށެވެ. ޓްރަންޕް އޭނާގެ ސަޕޯޓަރުންނާއި މުހާތަބު ކުރަމުން ވިދާޅުވީ މި ކާމިޔާބީ އަކީ "ބޮޑު މޮޅެއް" ކަމަށެވެ.

ރަސްމީކޮށް ރިޕަބްލިކަން ޕާޓީން ރިޔާސީ ކެންޑިޑޭޓުގެ ނަން އިއުލާން ކުރާނީ ޖުލައި 15 ވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ.