މިއަހަރު ނިމޭކޮޅު ޖަރުމަނު ވިލާތުން ޔޫކްރެއިނަށް ހަ ހެލިކަޕްޓަރު ހަދިޔާ ކުރާނެ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރު ބޮރިސް ޕިސްޓޮރިއަސް އިއުލާން ކުރައްވައިފިއެވެ.

މީ ޖަރުމަނު ވިލާތުން ޔޫކްރެއިނަށް ހެލިކަޕްޓަރު ހަދިޔާ ކުރާ އެންމެ ފުރަތަމަ ފަހަރެވެ. ޖަރުމަނުގެ ޑިފެންްސް މިނިސްޓަރ ބޮރިސް ވިދާޅުވީ "ސީ ކިންގް"ގެ ނަން ދެވިފައިވާ މި ހެލިކަޕްޓަރު ތަކަކީ ޔޫކްރެއިނަށް ކަނޑުގެ ސަރަހައްދުތައް މޮނިޓަރ ކުރުމުން ފެށިގެން ޔޫކްރެއިންގެ ސިފައިން ދަތުރު ކުރުމަށް ވެސް ބޭނުން ކުރެވޭނެ ހެލިކަޕްޓަރު ތަކެއް ކަމަށެވެ.

ޔޫކްރެއިން ޑިފެންސް ކޮންޓެކްޓް ގްރޫޕުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބޮރިސް ވިދާޅުވީ ޔޫކްރެއިގައި ދިރި އުޅެމުންދާ ރައްޔިތުންގެ ރައްކާތެރި ކަމަށް މިވަގުތު އެންމެ މުހިއްމު ވާނީ އެއާރ ޑިފެންސް ކަމަަށެވެ. މީގެ އިތުރުން ހަތިޔާރު އުފައްދަމުން ގެންދާ ސްޕީޑުވެސް އިތުރަށް ހަލުވި ކުރަން ޖެހޭ ކަމަށް ބޮރިސް ވިދާޅުވިއެވެ.