މޮލްޑޯވާގެ ފޮރިން މިނިސްޓަރު ނިކު ޕޮޕެސްކޫ މިއަދު އިސްތިއުފާ ދެއްވަައިފިއެވެ.

ޕޮޕެސްްކޫ އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ މިއަދު ޗިސިނާއުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޕޮޕެސްކޫ އިސްތިއުފާ ދެއްވަމުން ވިދާޅުވީ އޭނާ މިނިސްޓަރު ކަމުގެ މަގާމާއި ހަވާލުވީ، ޔޫރަޕުގެ އެންމެ ފަގީރު އެއްގައުމު ކަމަށްވާ މޮލްޑޯވާ ޔޫރަޕިއަން ޔޫނިއަން އާ ގުޅުވަން ކަމަށެވެ. އަދި މިހާރު އެކަން ހާސިލްވެފައި ވުމުން އޭނާގެ މަގްސަދު ހާސިލް ވެއްޖެ ކަމަށެވެ.

މޮލްޑޯވާ ޔޫރަޕިއަން ކެނޑިޑޭޭޓޭއްގެ ގޮތުގައި ހޮވިފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ޕޮޕެސްކޫ ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި އިރު މޮލްޑޯވާއިން ވަނީ ޔޫރަޕިއަން ޔޫނިއަންއާ އެކު ރަޝިޔާއިން ޔޫކްރެއިން އާ ދެކޮޅަށް ހަނގުރާމައަށް ނިކުތް މައްސަލަ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

ޕޮޕެސްކޫ އިސްތިއުފާ ދިނުމާއި ގުޅިގެން މިހާރު އެ ގައުމުގެ ފޮރިން މިނިސްޓަރެއްގެ މަގާމުގައި ހުންނެވީ ކުރީގެ މަޖިލީހުގެ ޑެޕިއުޓީ ސްޕީކާ މިހައި ޕޮޕްސޮއި އެވެ.