ބެލްގޮރޯޑް ސަރަހައްދުގައި 74 މީހުންނާއެކު ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ރަޝިޔާގެ ނޫސް އެޖެންސީތަކުން ބުނީ ބޯޓުގައި ތިބި މީހުންގެ ތެރެއިން 65 މީހުންނަކީ ޔޫކްރޭނުން ހައްޔަރު ކޮށްގެން ގެންދިޔަ ގައިދީއިން ކަމަށެވެ. އަދި މި ބޯޓުގައި ރަޝިޔާގެ 6 ސިފައިންގެ މީހަކު ތިބި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މަތިންދާ ބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި ނޭނގެއެވެ. ބެލްގޮރޯޑްގެ ގަވަރުނަރު ވިޔަޗެސްލާވް ގްލަޑްކޯވް ވިދާޅުވި ގޮތުގައު އިންވެސްޓިގޭޓިވް ޓީމަކާއި މިނިސްޓްރީގެ މުވައްޒަފުން މިވަގުތު މަސައްކަތް ކުރަމުންދަނީ އެ ހާދިސާ ހިނގި ސަރަހައްދުގައެވެ. މީގެ އިތުރުން ބެލްގޮރޯޑް ވިދާޅުވީ އެމަނިކުފާނުގެ މިއަދު ޝެޑިއުލް ބަދަލުކޮށް އެ ހާދިސާ ހިނގި ސަރަހައްދަށް ދާން ނިންމައިފި ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފަހު ތަފްސީލު ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.