ހުޅަނގު ބެންގާލުގެ ޗީފް މިނިސްޓަރ، މަމަޓާ ބެނެރްޖީއަށް ކާރު އެކްސިޑެންޓެއްގައި އަނިޔާތަކެއްވެއްޖެއެވެ.
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުން މި އެކްސިޑެންޓްވީ އެހެން އުޅަނދެއް އައިސް މަމަޓާ އިންނެވި ކާރުގައި ޖެހެން އުޅުމުން ކުއްލިއަކަށް ބުރަކި ޖެއްސުމުންނެވެ. އެވަގުތު ކުރީސީޓުގައި އިންނެވި މަމަޓާ އާއި އޭނާގެ ޑްރައިވަރުގެ ބޯ ކާރުގެ ވިންޑްޝީލްޑުގައި ޖެހި އަނިޔާތަކެއް ވިއެވެ.
އޮފިޝަލުން ބުނާގޮތުގައި މަމަޓާއަށް މިހާރުދަނީ ކޮލްކަތާގައި ފަރުވާދެމުންނެވެ.