އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަންޕް، މީހަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގި މައްސަލައެއްގައި ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.

ޓްރަންޕްގެ ބޮލުގައި "ރޭޕް" ގެ ތުހުމަތު އަޅުވައިފައިވަނީ އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔާ، އެލިޒަބަތު ޖީން ކެރޮލްއެވެ. އޭނާ ބުނާގޮތުގައި 1995 ނުވަތަ 1996 ގައި ހެދުން ވިއްކާ ފިހާރައެއްގެ ފިޓިންގް ރޫމްތެރޭގައި ޓްރަންޕް ވަނީ އޭނާ އާއި ގަދަކަމުން ޖިންސީ ގުޅުން ހިންގާފައެވެ. އޭނާ މި މައްސަލަ ކޯޓަށް ހުށައަޅައިފައިވަނީ 2019 ވަނަ އަހަރުގައެވެ. ނަމަވެސް ޓްރަންޕް ދަނީ މި ތުހުމަތު ތަކަކީ ދޮގު ތުހުމަތު ތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މިމައްސަލައިގައި އިއްޔެ ނިއުޔޯކް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ޓްރަންޕް އަށް ވަނީ މި މައްސަލައިގައި ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައެވެެ. ކެރޯލް އަށް މިމައްސަލައިގައި ލިބުނު ނަފްސާނީ އަނިޔާތަކަށް 7.3 މިލިޔަން ޑޮލަރު ދައްކަން ޖެހިފައިވާ އިރު "ޑެފެމޭޝަން" ތުހުމަތެއްގައި 11 މިލިޔަން ޑޮލަރު ދައްކަން ޖެހެއެވެ. އަދި މީގެއިތުރުން 63 މިލިޔަން ޑޮލަރު ކެރޯލްއަށް ތަސައްލީއެއްގެ ގޮތުގައި ދޭންޖެހެއެވެ.

މި މައްސަލައިގައި ޓްރަންޕް ވިދާޅުވީ ކެރޯލް ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. އަދި ޓްރަންޕް ކެރޯލް އާއި ދުވަހަކުވެސް ބައްދަލު ވެފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވެއެވެ.