2024 ވަނަ އަހަރު އެމެރިކާންއިން ޔޫކްރޭންގެ ދިފާއީ ނިޒާމު ހަރުދަނާކޮށް ތަރައްގީ ކޮށްދޭނެ ކަމަށް ވޮޝިންގްޓަން ޕޯސްޓުން ބުނެފިއެވެ.

ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓު ކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރު އެމެރިކާ އިން ޔޫކްރެއިންގެ ގެއްލިފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށް މަސައްކަތްކޮށްދޭނެއެވެ. މީގެ ބަދަލުގައި މި އަހަރު ބޮޑު ސަމާލު ކަމެއް ދޭނީ ރަޝިޔާއިން ޔޫކްރެއިންގެ ނުހިފި އޮތް ސަރަހައްދުތަައް ދިފާއުކޮށް ޔޫކްރެއިންގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށެެވެ.

މިގޮތުން މިފަހަރު އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އައު ޕްލޭނަކީ މިދިޔަ އަހަރަށް ވުރެ ބޮޑު ބަދަލެއްގެނެސް، އެމެރިކާ އާއި ނޭޓޯގެ އަސްކަރިއްޔާތަކުން ރަޝިޔާގެ ސިފައިން އަވަހަށް ފަހަތަށް ޖައްސާލުމެވެ. އެމެރިކާގެ އޮފިޝަލުން ބުނާގޮތުގައި އެމީހުންގެ އަމާޒަކީ މިފަހަރު ރަޝިޔާއަށް ޔޫކްރެއިންގެ އައު ސަރަހައްދެއް ހިފިޔަނުދީ ހިފަހައްޓާލުމެވެ. އަދި އުއްމީދަކީ މިއަހަރު ނިމޭކޮޅު ޔޫކްރެއިން އަކީ ކުރިއަށް ވުރެ ބާރުގަދަ ގައުމަކަށް ހެދުމެވެ.