ޕޮލެންޑްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 20 މީހަކު ޒަހަމް ވެއްޖެއެވެ.
ފަތިހު 4 ޖަހާއިރު ޕޮލެންޑްގައި 59 ޕެސެންޖަރުންނާއި އެކު ދަތުރު ކުރަމުންދިޔަ ބަހެއްވަނީ ފުރޮޅައިގެން ގޮސްފައެވެ. ބަސް ފުރޮޅާލައިފައި ވަނީ ޕޮލެންޑްގެ ގޮލެބީ އަވަށު ކައިރިން ދަނިކޮށެވެ. މި ހާދިސާގައި ޒަހަމްވެފައިވަނީ ޔޫކްރެއިނަށް ނިސްބަތްވާ މީހުންނެވެ. ޕޮލިޝް ފުލުހުން މައުލޫމާތުދެމުން ވިދާޅުވީ ޒަހަމްވި އެންމެން މިހާރު ވަނީ ކައިރީގައިވާ ހޮސްޕިޓަލެއްގައި އެޑްމިޓްކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވެފައިވަނީ ބަހިުގައި ބާކީތިބި 39 ވަނީ ކައިރީގައި ހުރި ސްކޫލަކުން ހިޔާ ދެވިފަވާ ކަމަށެވެ.