ކުރީގެ ރައީސް މުހައްމަދު ނަޝީދު ކައިވެނިބައްލަވައިގެންފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނުކައިވެނި ބައްލަވައިގަތީ ޔުމްނާ ރަޝީދުއާއެވެ. ޔުމްނާއަކީ ރާއްޖޭގައި އުފެދުނު މަޝްހޫރު ދީނީ އިލްމުވެރިއެއްކަމަށްވާ ޝެއިޚް ރުޝްދީއަށް މުނިކާފަ ވިދާޅުވާ ކަނބަލެކެވެ.
އެމަނިކުފާނު ކައިވެނި ބައްލަވައިގަތީ އިއްޔެގެ ވަގުތެެއްގައި ސްރީލަންކާގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މިއީ ރައީސް ނަޝީދުގެ ދެވަނަ ކައިވެންޏެވެ. މީގެކުރިން އެމަނިކުފާނު ކައިވެނި ބައްލަވައިގެން އުޅުއްވީ ލައިލާ އަލީއާއެވެ.
އެކައިވެންޏަށް ދެއަން ބޭފުޅުން ތިއްބަވައެވެ.