ޖޯ ބައިޑެން އަކީ އެމެރިކާގެ ހަލާކު ކަމަށް އެގައުމުގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަންޕް ވިދާޅުވެއްޖެއެވެ.

ޓްރަންޕް އޭނާގެ ސަޕޯޓަރުންނާއި މުހާތަބު ކުރަމުން ވިދާޅުވީ އެމެރިކާއަކީ ދާންވީ މަގު ގެއްލިފައިވާ ގައުމެއް ކަމަށެވެ. އަދި މިހާރު އެމެރިކާއަކީ ހަލާކުވެފައިވާ ގައުމެއް ކަމަށެވެ. ޓްރަންޕް ވިދާޅުވި ގޮތުގައި މިހެން މިކަން ދިމާވި ބައިޑެންގެ ސަރުކާރުގެ ސަބަބުންނެވެ. އަދި ޓްރަންޕް ވިދާޅުވި ގޮތުގައި ބައިޑެން އަކީ ޑިމޮކްރެސީއަށް ހުރި ބޮޑު ނުރައްކަލެކެވެ.

"މި ގައުމަކީ މަގު ގެއްލިފައިވާ ގައުމެއް! އެކަމަކު ކުރިއަށް އޮތް މުސްތަގުބަލުގައި މިކަން ބަދަލު ވާނެ" ޓްރަންޕް ވިދާޅުވިއެވެ.

ޓްރަންޕް ވަނީ ބައިޑެން އަކީ އަމިއްލަ ގައުމުދެކެ ނަފްރަތު ކުރާ މީހެއްކަމަށް ވެސް ބުނެފައެވެ.