އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައި މިސްރުއާ ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިން ކާމިޔަބުކޮށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ސްޓޭޑް ޑި ސެން ޕެޑްރޯ ސްޓޭޑިއަމްގައި ކުޅުނު މެޗަށް މިސްރު ނިކުތީ އިންޖަރީގެ ސަބަބުން ޓީމުގެ ސްކޮޑުން ވަކިވި މުހައްމަދު ސޮލާހުގެ ބަދަލުގައި އަހްމަދް ސައީދު ކުރިއަށް ލައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފެނިފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ ކޮންގޯއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޝަކް އެލިއާއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމި ކުޅުނު އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެށް ކާމިޔާބުކޮށް މިސްރު ވަނީ މެޗު އެއްވަރުކޮށްފައެވެ.

މެޗު އެއްވަރުވެގެން ކުޅުނު އެކްސްޓްރާ ޓައިމްގައި ދެޓީމުން ކުރެ އެއްޓީމަކަށް ވެސް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތް ނުވުމުން މެޗުވަނީ ޕެނަލްޓީއަށް ގޮސްފައެވެ. ކޮންގޯ މެޗު ކާމިޔާބު ކުރީ 7-8 އަކުން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށްގެންނެވެ.

ކޮންގޯ ދެން މުބާރާތުގައި ނިކުންނާނީ ރޭގައި ކުއާޓާގެ ޖާގަ ކަށަވަރުކުރި ގީނިއާއާ ދެކޮޅަށެވެ.