ހދ. ކުޅުދުއްފުށީ ތިން ސްކޫލެއްގެ ޓްރެފިކް މޮނީޓަރުން ތާޒާކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

އެ އެރަށު ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލު އަދި އަތޮޅު ތައުލީމީ މަރުކަޒުގައި ހިންގި މި ޕްރޮގްރާމުގައިރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން އާއި ކުޅުދުއްފުށި ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ޓްރެފިކް މޮނިޓަރުން މަގުމަތީގައި ޑިއުޓީގައި ތިބޭއިރު ސަލާމަތީގޮތުން ވިސްނަންޖެހޭ ކަންތައްތަކާއި، މަގުމަތީގައި ބޭނުންކުރާ ނިޝާންތަކާއި ހޭންޑް ސިގްނަލްތައް ބޭނުންކުރަން ޖެހޭ އެންމެ ރަނގަޅު ގޮތްތައް ބުނެދީފައިވެއެވެ.

މީގެއިތުރުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ ހުނަރުތައް ދަސްކޮށްދިނުމަށް ޓީމް ބިލްޑިންގ ހަރަކާތްތަކަކާއި ލީޑަރޝިޕް ހުނަރު އިތުރުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހިނގާ ފެބުރުވަރީ މަހުގެ 2 އަދި 3 ވަނަ ދުވަހު ސްކޫލުތަކުގައި ވަކިވަކިން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ 24 ޓްރެފިކް މޮނިޓަރުނާއި ޖަލާލުއްދީން ސްކޫލުގެ 31 ޓްރެފިކް މޮނިޓަރުން އަދި އަފީފުއްދީން ސްކޫލުގެ 24 ޓްރެފިކް މޮނިޓަރުން ބައިވެރިވިއެވެ.