ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި ޗެއަރޕާރސަން ކަމުގެ މަގާމަށް ހ. މާބަނޑޭރިއާގެ އަހުމަދު ޒުހޫރު އައްޔަން ކުރައްވައިފިއެވެ.

ޒުހޫރު މި މަގާމަށް އައްޔަން ކުރެއްވީ ގާނޫނު ނަމްބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނު) ގައިވާ ގޮތުގެ މަތިންނެވެ.

އެމަނިކުފާނު އެ މަގާމަށް އައްޔަން ކުރެއްވީ މި ހިނގާ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

އަހުމަދު ޒުހޫރު ކުރިން ހުންނެވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ސީއީއޯ މަގާމުގައެވެ.