މިމަހުގެ 5 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތި ލެއްވީ 6 ބޭފުޅުން ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމައިލް ހަބީބު ވިދާޅުވެއްޖެއެވެ.

އެގޮތުން އިއްޔެ ފޯމު ހުށަހެޅުއްވީ އެމް.ޑީ.އޭގެ 2 ބޭފުޅުން ކަމުގައި ހަބީބު ވިދާޅުވިއެވެ.

މިހާތަނަށް އިލެކްޝަންސްއަށް ފޯމު ހުށަހެޅި ދާއިރާތަކުގެ ތެރޭގައި ގަމު ދާއިރާއާއި، ނިލަންދޫ ދާއިރާއާއި، ހިތަދޫ އުތުރު ދާއިރާއާއި، މީދޫ ދާއިރާއާއި ވެލިދޫ ދައިރާ ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވަނީ އަންނަ މާޗުމަހުގެ 17 ވަނަ ދުވަހެވެ. މި އިންތިހާބުގައި 608 ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

މީގެއިތުރުން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުސަތު އީސީން މިހާރު ވަނީ ހުޅުވާލާފައެވެ.

ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު މާދަމާއަށް ހަމާވާނެއެވެ.