ޗައިނާއާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ޓިކްޓޮކްގެ ސީއީއޯ ޝޯ ޒީ ޗޫ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅޫވީ އެމެރިކާގެ ސެނެޓަރު ޓޮމް ކޮޓަން ޓިކްޓޮކްއާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ އޮންނަ ގުޅުމާ ބެހޭ ގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުންނެވެ.

މި ބައްދަލުވުމުގައި ސެނެޓަރ ޓޮމް ވަނީ ޗޫއާ ތަކުރާރުކޮށް ޗައިނާއާއި ގުޅުމެއް އޮތް ތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ޗޫ ވިދާޅުވީ އޭނާ އަކީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށާއި ޗައިނާ އާއި ގުޅުމެއް ނޯންނާނެ ކަމަށެވެ. އަދި އޭނާގެ ކިބައިގައި ސިންގަޕޫރު ފިޔަވާ އެހެން ގައުމެއްގެ ސިޓިޒެންޝިޕް ނޯންނާނެ ކަމަށާއި އެހެން ގައުމެއްގެ ޕާސްޕޯޓެއްވެސް ނޯންނާނެ ކަމަށެވެ.

ޓިކްޓޮކް އަކީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްގެ ކުންފުންޏެކެވެ.

ޗޫ އިންކާރު ކުރައްވަނީ އޭނާގެ ކުންފުނިން ދުވަހަކުވެސް އެމެރިކާގައި ޓިކްޓޮކް ބޭނުންކުރަމުންދާ ބޭފުޅުންގެ މައުލޫމާތު ޗައިނާ ސަރުކާރާ ހިއްސާ ކުރުމަށް އެދިފައިވާ ކަމަށް ނުވަތަ ލިބިފައި ނުވާ ކަމަށެވެ.