އެެމެރިކާއިން އެހެން ގައުމުތަކަށް ހިލޭ އެހީ ދިނުން ހުއްޓާލުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަންޕް ގޮވައިލައިފިއެވެ.
ޓްރަންޕް ވިދާޅުވީ ލޯނެއްގެ ގޮތުގައި ނޫނީ ބޭރުގެ އެހީގެ ގޮތުގައި ފައިސާ ދިނުމުން ވޮޝިންޓަނުން ދުރުހެލިވާން ޖެހޭ ކަމަށެވެ.
ޓްރަންޕް އެމެރިކަގެ ސެނެޓާއި މުހާތަބު ކުރަމުން ވިދާޅުވީ އެމެރިކާއިން އެހެން ގައުމުތަކަށް ހަދިޔާ ދިނުމުގެ ބަދަލުގައި ދޫކުރަން ޖެހެނީ ލޯނުކަމަށެވެ. އެހެން ގައުމަކަށް އެހީވާން ބޭނުންނަމަ އިންޓަރެސްޓްއާއި ނުލައި ލޯނު ދޫކުރެވޭނެެ ކަަމަށް ވެސް ޓްރަންޕް ވިދާޅުވިއެވެ.
ޓްރަންޕް ވިދާލުވި ގޮތުގައި އެމެރިކާއަކީ އެހެން ގައުމުތަކަށް ހިލޭ އެހީދޭހާ މޮޔަ ގައުމަކަށް ވެގެން ނުވާނެއެވެ.
ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކުގައި މިހާރުގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި އެމެރިކާއަށް ދިމާވެފައިވާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތަކަށް ތަކުރާރުކޮށް އިޝާރާތް ކުރައްވާފައިވެ އެވެ.