ރަޝިޔާއިން ރޭ ދަންވަރު ވަގުތެއްގައި ޔޫކްރެއިންގެ ކިއޭވްއަށާއި ދެކުނު ސަރަހައްދުތަކަށް ޑްރޯން ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާގައި ޔޫކްރެއިން އާންމު ރައްޔިތަކަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ޔޫކްރެއިންގެ ސިފައިން ރިޕޯޓުކުރެއެވެ. އަދި އެ ސަރައްހައްދުގައި ހުރި ގޭސް ޕައިޕްލައިންއަކަށް ވެސް ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައެވެ. މީގެއިތުރުން އެ ސަރަހައްދުގައި ހުރި އާންމުން ދިރިއުޅޭ އިމާރާތަކައްވެސް ގެއްލުން ލިބިފައިވެއެވެ.

ޔޫކްރެއިންގެ އެއާރ ފޯސަސް އިން މައުލޫމާތުދޭ ގޮތުގައި ރަޝިޔާއިން ވަނީ ޔޫކްރެއިނަށް ހަމަލާދިނުމަށް ޖުމްލަ 45 ޑްރޯން ފިނުވާފައެވެ. މީގެތެރެއިން 40 ޑްރޯން މިހާރުވަނީ ޔޫކްރެއިން އިން އަނބުރާ ހަމަލާދީ ހަލާކު ކޮށްލާފައެވެ. ޔޫކްރެއިންގެ ދެކުނނު މިލިޓަރީ ކޮމާންޑުން ޓެލެގްްރާމުގައި މައުލޫމާތު ދެމމުން ވިދާޅުުވީ އެމީހުންގެ އެއާރ ފޯސަސް އިން 5 ގަޑިއިރު ވަންދެން ޑްރޯން ތަކާއި ހަނގުރާމަ ކުރަން ޖެހުނު ކަމަށެވެ.