މޫސުން ގޯސްވެ މޫސުމާއި ބެހޭ އިދާރާއިން ރާއްޖޭގެ ބައެއް އަތޮޅު ތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ މ. އަތޮޅުގެ ރަށްތަކުން ފެށިގެން ފުވަށްމުލަށް ސިޓީއާ ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން އެ ސަރަހައްދު ތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ މެންދުރު 3:00 އާއި ހަމައަށެވެ.

އެ އިދާރާއިން ލަފާކުރާ ގޮތުގައި އެގަޑީގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެއެވެ.