ޔޫކްރެއިންގައި ހަނގުރާމަ ފެށުނީ 2022 ވަނަ އަހަރަކު ނޫން ކަމަށާއި ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ކަމަށް އދގެ އެސިސްޓަންޓް ސެކެޓްރީީ ޖެނެރަލް މިރޮސްލެވް ޖެންކާ ވިދާޅުވެއްޖެއެވެ.

'ޔޫކްރޭނުގައި ހަތިޔާރު އެޅި ހަނގުރާމަ ފެށުނީ 24 ފެބްރުއަރީ 2022 ގައެއް ނޫން، މި ހަނގުރާމައަކީ 2014 ވަނަ އަހަރުން ފެށިގެން އެގައުމުގެ އިރުމަތީގައި ކުރިއަށްދާ ހަނގުރާމައެއް،' ޖެންކާ ވިދާޅުވިއެވެ.

ޖެންކާ ވިދާޅުވީ އދ އުންމީދަކީ ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުން އިންސާފުވެރިކަމާއި ސުލްހަވެރިކަމާއެކު ނިމިގެން ދިއުމަށް ކަމަށެވެ. އޭނާ ވިދާޅުވީ 2014 ވަނަ އަހަރުން ފެޝިގެން ޔޫކްރެއިންގެ އިރުމަތީގެ ހަމަނިޖެހުންް އޮތް ކަމަށެވެ. އޭނަ މިހެން ވިދާޅުވީ އދގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.