ކޮވިޑް-19 އާ ގުޅިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގަޑިއަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން، ފިހާރަތަކާއި، ސައި ހޮޓާ، ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ތަންތަނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިގޮތަށް ނިންމި އިރު، މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.