ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މި ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 14:30 ން ފެށިގެން މެންދުރު 20:30 އާއި ހަމައަށް ކަމަށެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި މި ހުދު ސަމާލުގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހުމާއެކު ކަނޑުތައް ގަދަވާނެއެވެ.
މީގެއިތުރުން އެ އިދާރާއިން ވަނީ މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.