ޖަޕާނުން ޔޫކްރެއިނަށް މައިގަނޑު ހަތް ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދޭން ނިންމަވައިފިއެވެ.

ސިނާއީ އުފެއްދުންތެރިކަން އިތުރުކުރުމާއި އިންފޮމޭޝަން ޓެކްނޮލޮޖީސް (އައިޓީ) ތަރައްގީކުރުން ހިމެނޭ ގޮތަށް މައިގަނޑު ހަތް ދާއިރާއަކުން ޔޫކްރޭން އަށް އެހީތެރިވުމަށް ޖަޕާނުގެ ސަރުކާރުން ގަސްތުކުރާ ކަމަށް އެގައުމުގެ ޑެޕިއުޓީ ޗީފް ކެބިނެޓް ސެކްރެޓަރީ މުރައި ހިޑެކި ވިދާޅުވިއެވެ.

"ޖަޕާނުން ގަސްތުކުރަނީ ހަތް ދާއިރާއަކަށް މަސައްކަތްތައް އިސްކަންދދިނުމަށް." މުރައި ވިދާޅުވިއެވެ. ޓޯކިޔޯގައި ބޭއްވި ޔޫކްރޭން އާރާސްތުކުރުމާ ބެހޭ ކޮންފަރެންސެއްގައި އޭނާ ވިދާޅުވީ އިންސާނީ އެހީތަކުން ފެށިގެން ސިނާއީ އުފެއްދުންތެރިކަން އިތުރުކުރުމާ ހަމައަށް އެ ސަރަހައްދުތައް ހިމެނޭ ކަމަށެވެ.

މިގޮތުން މުރައި ވިދާޅުވީ ޔޫކްރޭންގެ އިގްތިސާދީ ކުރިއެރުމާއި ސިނާއީ ތަރައްގީއަށް މަސައްކަތް ކުރާނީ ތިން ދާއިރާއަކުން ކަމަށާއި އެއީ ބަޔޯޓެކްނޮލޮޖީ ފަދަ އުފެއްދުންތަކާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ސިނާއަތް ތަރައްގީކުރުން ކަމަށެވެ.

ހަކަތައާއި ދަތުރުފަތުރާއި އާންމު ހިންގުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުން ހިމެނޭ ގޮތަށް އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަށް ކިއެވްގައި އެހީތެރިވެދެއްވާނެ ކަމަށް ވެސް ޖަޕާނުން ވަނީ ވައުދުވެވަޑައިގެންނެވި އެވެ.

އާ ވޮލިއުމް ކޮންފަރެންސަށް ފަހު ހިލޭ އެހީގެ ގޮތުގައި ޔޫކްރޭނަށް ބަދަލުކުރަން ޖަޕާނުން ރާވާފައިވާ އެހީގެ ޕެކޭޖުގެ އަދަދަކީ ގާތްގަނޑަކަށް 15.8 ބިލިއަން ޔެން (106 މިލިއަން ޑޮލަރު) ކަމަށް ޔޮމިއުރީ ޝިމްބުން ނޫހުން ބުނެ އެވެ. ޖަޕާނު ސަރުކާރުން ވަނީ މީގެ ކުރިން ޔޫކްރޭނަށް އިންސާނީ އެހީއާއި ކާބޯތަކެތީގެ އިތުރުން މާލީ އަދި އެހެނިހެން އެހީގެ ގޮތުގައި 7.6 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައެވެ.