ރަޝިޔާއަކީ ހަނގުރާމައަށް ހާއްސަ ކުރެވިފައިވާ މެޝިނެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަންޕް ވިދާޅުވެއްޖެއެވެ.

ޓްރަންޕް މިހެން ވިދާޅުވީ ފޮކްސް ނިއުސްއިން ލައިވް ކުރި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. "ރަޝިޔާ އިން ކުރީ ކޮންކަމެއް؟ އެމީހުން ޖަރުމަނުގެ ހިޓިލަރު ބަލިކުރީ، އަދި ނަޕޯލިއަން ބަލީކުރީވެސް ހަމަ އެމީހުން، ރަޝިޔާއަކީ ހަނގުރާމައަށް ހާއްސަ ކުރެވިފައިވާ މެޝިނެއް!" ޓްރަންޕް އޭނާގެ ސަޕޯޯޓަރުންނާއި މުހާތަބު ކުރަމުން ވިދާލުވިއެވެ.

މީގެއިތުރުން މި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ޓްރަންޕް ފާހަގަ ކުރެއްވީ ޔޫރަޕުގައި ތިބި އެމެރިކާގެ އެކުވެރި ގައުމުތަކުން އެމީހުންގެ އަސްކަރީ ބަޖެޓު އިތުރު ކުރަން ޖެހޭ ކަމަށެވެ. ޓްރަންޕް ވިދާޅުވީ އެމެރިކާއިން އަސްކަރީ ބޭނުންތަކަށް ހަރަދު ކުރާވަރާ އަޅާ ކިޔާއިރު އެގައުމުތަކުން އަސްކަރީ ބޭނުންތަކަށް ހޭދަ ކުރަނީ 150 ޑޮލަރު މަދުން ކަމަށެވެ. އަދި މިކަން ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.