އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުން ފ.ދަރަނބޫދޫގެ ރައްޔިތުންނަށް ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ފ.ދަރަނބޫދޫގައި ކުރިއަށް ގެންދިޔަ މި ކުލާހުގައި، އެ ރަށުގެ 43 ފަރާތެއް ބައިވެރިވިއެވެ.

މި ކުލާހުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތް ފަދަ މުހިންމު މައުލޫމާތުތައް ކިޔައިދީފައިވެއެވެ.

އަދި މި ކުލާހުގައި އަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައި ދެވުނެވެ.

މި ކުލާހުގައި މައުލޫމާތު ފޯރުކޮށްދިނީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.