ރާއްޖެއިން ކޮވިޑް ޖެހިގެން އަނެއްކާވެސް އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑު ޖެހިގެން މިއަދު މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ 84 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 54 ވަނަ މީހާ އެވެ. ރާއްޖޭގައި ކޮވިޑަށް މީހުން ޕޮޒިޓިވްވާ އަދަދު ފާއިތުވި ދެ ހަފްތާގެ ތެރޭގައި ވަނީ ބޮޑުތަނުން އިތުރުވާން ފަށާފަ އެވެ. އެއާ އެކު ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.

މިހާރަކަށް އައިސް ކޭސްތައް އިތުރުވަމުންދަނީ ކޮވިޑްގެ އާ ވޭރިއަންޓުގެ ސަބަބުން ކަމަށް އެޗްއީއޯސީން ބުންޏެވެ.

އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓު ޑރ. ޝީނާ މޫސާ ވިދާޅުވީ މިހާރު ފެންނަ ކޭސްތަކުގެ 30 ޕަސެންޓަކީ ބާރު މިނުގައި ފެތުރޭ ކޮވިޑްގެ އާ ވޭރިއެންޓުގެ ކޭސްތައް ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑު ޖެހިގެން މިއަދު މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ 70 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.