ޑައިވިން ދޯންޏެއްގެ ކެޕްޓަނަށް ނޭވާލުމުގެ މައްސަލަ ކުއްލިއަކަށް ދިމާވެގެން އޭނާ މާލެ ގެނައުމުގެ ދަތުރު ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހެނދުނު 10:47 އެހައިކަންހާއިރު އެމަޢުލޫމާތު ލިބުމާއެކު އޭނާ މާލެ ގެނައުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. "މީހާ ކޯސްޓުގާޑު ލޯންޗުގައި މާލެއަށް ދަތުރު ކުރަނީ،" އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

ނޭވާލާން އުނދަގޫ ވެގެން މާލޭގެންނަނޯ މާލޭ ހުޅަނގު ދެކުނު ފަރާތުން 21 ނޯޓިކަލް މޭލު ބޭރުގައި އޮތް އީކުއޭޓަރ ނަމަކަށް ކިޔާ ސަފާރީގެ ޑައިވިން ދޯނީގެ ކެޕްޓަނެވެ. އެމީހާގޮވައިގެން އަންނަ ލޯންޗަށް މާލެ އާދެވޭޭނެ ގަޑިއެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

އެމީހާ މާލެ ގެނެސް ގެންދަން ހަމަޖެހިފައިވަނީ ކޮން ހޮސްޕިޓަލަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.