އެމެރިކާއިން ޣައްޒާގައި ވަގުތީ ބަދަރެއް ހުޅުވުމަށްޓަކައި އަސްކަރީ ޝިޕެއް ޣައްޒާއަށް ފޮނުވާފައިއެވެ.

އެމެރިކާއިން ބުނާ ގޮތުގައި މިއީ ޣައްޒާއަށް އެކި ބާވަތުގެ އެހީ ފޯރުކޮށްދިނުމަށްޓަކައި ހަދާ ބަދަރެކެވެ. އެމެރިކާއިން ބުނާ ގޮތުގައި މި ބަދަރު ހެދުމައްޓަކައި 1000 އެމެރިކާ ސިފައިން ޣައްޒާގައި މަސައްކަތް ކުރަމުން ދާނެއެވެ. އަދި މީގެން އެއްވެސްް ސިފައިންގެ މީހެއް ޣައްޒާއަށް އަރަޔެއް ނުގަންނާނެއެވެ. މި ބަަދަރު ހަދަ ނިމޭނި 60 ދުވަސް ނުބަތަ ދެ މަސް ތެރޭގައި ކަމަށް ވެސް އެމެރިކާއިން މައުލޫމާތު ދެއެވެ. ނަމަވެސް އދ އިން ބުނާ ގޮތުގައި ދެ މަސް ދުވަސް ޣައްޒާގެ ރައްޔިތުނަންނަށް ކެތެއް ނުކުރެވޭނޭއެވެ.

މާޗް މަހުގެ ހަތް ވަނަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ވޮޝިންޓަނުން ކަނޑުގެ މަގުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޣައްޒާގައި ވަގުތީ ބަނދަރެއް އުފައްދަމުންދާ ކަމަށެވެ.