ވިލުފުށީ ސްކޫލުގައި ''ތައްޔާރު'' ގެނަމުގައި ކުރިއަށް ގެންދިޔަ ސެެލްފް ޑިފެންސް ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ މާރިޗު 9 ވަނަ ދުވަހުއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ވަސީމްއެވެ. މި ރަސްމިއްޔާތުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އެހެނިހެން އިއްޒަތްތެރިންގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި، ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދީފައިވެއެވެ. އަދި މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ވިލުފުށީ ހެލްތު ސެންޓަރުން ވެދީފައިވާ އެހީތެރިކަން ފާހަގަކޮށް ހަނދާނީ ފިލާ ދީފައިވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔަ މަގްސަދަކީ ހަރުދަނާ، ކިޔަމަންތެރި އަދި ފަހުރުވެރި ދަރިވަރަކު ދިރިއުޅުމުގެ ހާލަތަށް ތައްޔާރުކުރުމަށް ނަފުސު ނުވަތަ ޖިސްމު ދިފާއުކުރުމުގެ އަސާސީ ތަމްރީނުތައް ދަސްކޮށްދިނުމަށެވެ. މީގެއިތުރުން، މި ޕްރޮގަރާމުގައި ދިރިއުޅުމުގައި ދިމާވެދާނެ ހާލަތަކަށް ދަރިވަރުން ނަފުސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ތައްޔާރުކުރުމަށް މައުލޫމާތު ދީފައިވެއެވެ. އަދި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ ފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމުގައި، ވިލުފުށީ ސްކޫލުގެ 33 ދަރިވަރުން ބައިވެރި ވެފައިވެއެވެ.

(މައުލޫމާތު: ދިވެހި ފުލުހުުުންގެ ހިދުމަތް)