ގދ. ތިނަދޫގައި ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގޮތުން ރޭންޑަމް ސާމްޕަލް ނަގަން ފަށައިފިއެވެ.

ތިނަދޫގައި ރެންޑޮމް ސާމްޕަލް ނަގަން ފަށާފައި މިވަނީ ހާއްސަ ހުއްދައިގެ ދަށުން އެރަށަށް ދިޔަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެއާ އެކު އެ ރަށް މޮނިޓަރިންގެ ހާލަތަށްވެސް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގި އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައި ނުވާތީ މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ ހުކުރު ދުވަހުއެވެ.

ތިނަދޫ ޑރ. އަބްދުއްސަމަދް މެމޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ ތިނަދޫއިން މާލެއަށް ދަތުރުކުރި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރަށުގެ ހާލަތު ދެނެގަތުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އެގޮތުން މިއަދާއި މާދަމާ ތިނަދޫގެ އެކި ހިސާބުތަކުން ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވެއެވެ.