އިލެކްޝަންސް ކޮމިޝަން (އިީސީ)ގެ އައު ވެބްސައިޓް ބޭނުން ކުރަން ފަށައިފިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ މި ވެބްސައިޓުން އީސީގެ މަސައްކަތްތަކާގުޅޭ ހަބަރާއި މައުލޫމާތު ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތަށް ފަރުމާކޮށްފައިވާ މި އައު ވެބްސައިޓުގެ ހިދުމަތް މިއަދުން ފެށިގެން ލިބެމުންދާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ތައްޔާރު ވަމުން ގެންދަވަނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށެވެ. މަޖިލީސް އިންތިހާބު މިހާރު ބާއްވަން ނިންމާފައި ވަނީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހެވެ.

މި އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.