ކުޅި ބަތްޕެނަކީ އަނގަޔަށް މީރު ކާއެއްޗެކެވެ. އާންމުކޮށް ބަލިވެ ހުން އައިސް ހުންނަ އިރު އަނގަ ހިތިވެ އެއްޗެއް ނުކެވޭ މީހުންނަށް ކާންދޭން ވެސް ވަރަށް ގިނައިން ކައްކާ ބާވަތެކެވެ.

ކުޅިބަތްޕެން ތަފާތު އެކި ބާވަތްތަކުން ތައްޔާރުކޮށްލެވޭނެއެވެ. އެގޭތެރޭގައި:

  1. މުގު ކުޅިބަތްޕެން
  2. ބަތް ކުޅި ބަތްޕެން
  3. ކައްޓަލަ ކުޅި ބަތްޕެން
  4. އަލަކުޅިބަތްޕެން
  5. ދަނޑި އަލުވި ކުޅި ބަތްޕެން
  6. އޯޓްސް ކުޅި ބަތްޕެން
  7. އަދި ބަރަބޯ ކުޅި ބަތްޕެން ހިމެނެއެވެ.

އެގޮތުން މިއީވެސް ވަރަށް މީރު ގޮތެކެވެ.

ބޭނުންވާ ތަކެތި:

  • 2 ފިޔާކޮށާފައި
  • 3 ލޮނުމެދު ފަޅި ކޮށްފައި
  • 3/1 އިންޗި އިނގުރު
  • 1/2 ސައި ސަމުސާ އިނގުރު ގާނާފައިހުރި
  • 2 ޖޯޑު ހިމުން ކޮށް ކޮށާފައި ހުރި ވަޅޯމަސް
  • 1 ސައި ސަމުސާ ބައި ނުމުގުރާހުރި އަސޭމިރުސް
  • 3 ޖޯޑު ކާށިބޯކިރު
  • 1 ސައި ސަމުސާ ދިރި
  • 5 ޖޯޑު ކުދި ކުދިކޮށް ކޮށާފައި ހުރި ބަނބުކެޔޮ
  • 2 ލުނބޯ
  • 1/3 ސަމުސާ ރީނދޫ
  • 3 ހިކަނދިފަތް
  • 7 ރާނބާފަތްކޮޅު
  • 1 އިންޗި އަށް ބުރިކޮށްފައި ހުރި
  • 4 ހިކިމިރުސް
  • 4/1 ފަޅި ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި
  • 1 ޗިކަން ކިއުބްލޮނުކޮޅެއް
  • ރިހާކުރު ކޮޅެއް ލޮނުރަހަލާ ވަރަށް

ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ 5 ޖޯޑު ފެން ތެއްޔަކަށް އަޅާފައި އުނދުން މައްޗަށް އުދާލާށެވެ. އަދު ހިކަނދިފަތް ރާނބާފަތް މަސް މިރުސް އަދި ލޮނުކޮޅެއް ވެސްލާށެވެ. އަދު ކިއުބް ކޮޅުވެސް އެއްކޮށްލާށެވެ. ދެން ކެކިގަތުމުން ބަނބުކެޔޮކޮޅު އަޅާލާށެވެ. އަދި ބަނބުކެޔޮ ކޮޅު ވަރަށް ރަނގަޅަށް މަޑުވަންދެން ކައްކާށެވެ.

އެއަށްފަހު ފިޔާ، މިރުސް ,ހިކަނދިފަތް، ލޮނުމެދު، ދިރި ،ހިކިމިރުސް އަދި އަސޭމިރުސް އެއްކޮށް ގްރައިންޑަރުން ފުނޑާލާށެވެ. ބަނބުކެޔޮ ކޮޅު ރަނގަޅަށް މަޑުވީމާ ދޭފަތުން ފިތްތަމުން ކުޑަކަން ޗަސްކޮށްލާށެވެ. އަދި ރިހާކުރު ކޮޅެއް ވެސް އެއްކޮށްލާށެވެ.

ދެން ފުނޑިބައި ކުރީގެ ބަޔާއި އެއްކޮށްފައި ރަހަ ނިކުންނަ ވަރުވީމާ ކިރާއި ލުނބޯ ހުތް އެއްކޮށްފައި ކެކުމުން އުނދުން މަތިން ބާލާށެވެ.

ކުޅި ބަތްޕެން ވެސް ހަތަރު ފަސް ގޮތަކަށް ތައްޔާރު ކުރެއެވެ