ކޮވިޑް ޖެހިގެން 60 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، މިއަދު މެންދުރު 11:07 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އޮތް ކޮވިޑް ޕޭޝެންޓަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ 60 އަހަރުގެ ދިވެހި އަންހެނެއްކަމަށް ވެސް މައުލޫމާތުދީފައިވެއެވެ. މިއާއި އެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 55 ކަށް އަރާފައެވެ.