އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ، އެ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ މިދިޔަ ހަފުތާގައި ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އަޣުލަބިއްޔަތުން ޒަކަރިއްޔާއަށް ރުހުން ދިނުމަށް ނިންމައި އެކުލަވާލާފައިވާ ރިޕޯޓް ތަޅުމަށް އިއްޔެ ހުށަހެޅުމަށްފަހު ނެގި ވޯޓުގައެވެ. އެގޮތުން ހަސަން އެ މަގާމަށް އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ 39 މެމްބަރުންގެ ވޯޓާއެކުގައެވެ.

މީގެއިތުރުން ހަސަން އައްޔަންކުރެއްވުމަށް، ރައީސް ޑރ. މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ ފެބްރުއަރީ 18 ގައެވެ.

އަދި މި މަގާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ހަބީބުގެ ދައުރު މިދިޔަ މަހު 13 ގައި ހަމަވުމާއެކުގައެވެ.