ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރައްވާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މި ހުދު ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 11:00 އަށެވެ.

މެޓުން ބުނީ މި ހުދު ސަމާލުގައި ގަޑިއަކު ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ.

މީގެ އިތުރުން މީގެ ހަތަރު ގަޑިއިރު ކުރިންވެސް އެ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހުދު ސަމާލުނެރެފައެވެ.

ހަމައެއާއެކު ވައި އެނބުރި މަޑުން، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓުން ބުންޏެވެ.

އެހެންނަމަވެސް ރާއްޖޭގެ ކަނޑުތައް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 3 ފޫޓުގައި ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.