މިއަހަރު ހަލައްކައަށް ވުރެގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފި ކަމަށް ޓްރެވެލް ޓްރޭޑް މޯލްޑިވްސް އިން މައުލޫމާތ ދީފިއެވެ.

އެ އިދާރާއިން މައުލޫމާތު ދޭގޮތުގައި މިއަހަރުގެ އޭޕްރިލްމަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް 637،773 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގައުމުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ޖުމްލަ 70،394 ފަތުރުވެރިންނެވެ. ދެވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން 60،894 ފަތުރުވެރިން އައިސްފައިވެއެވެ.

މިއީޖުމްލަގޮތެއްގައި ބަލާއިރު މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަށްކުރި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 13.7 އިންސައްތަ އިތުރުއަދަދެކެވެ. މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އެއްގައުމު ކަމަށްވާ އިންޑިޔާއިން މިއަހަރު ރާއްޖެއައީ 36،306 ފަތުރުވެރިންނެވެ. މިއީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.